އަވަސް ލިންކްސް
އާންމު ސުވާލާއި ޖަވާބު ޑައުންލޯޑު ކުރެއްވުމަށް
ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހެޅުމަށް
ކެޓަގަރީ އަކާއި ގުޅޭ ސުވާލާއި ޖަވާބު ބެއްލެވުމަށް އައިކަންއަށް ފިތާލާ
ކޮވިޑް-19 އާއި ގުޅުންހުރި މައްސަލަތައް
ކޮވިޑް-19 ޖެހިގެން ބަލިވުމުން މަސައްކަތައް ނުނިކުމެ ހުރުމުން ވަޒީފާ ގެއްލިދާނެތޯ؟
.ނޫން. ކޮވިޑް-19 ޖެހުމުގެ ސަބަބުން ވަޒީފާ ދިން ފަރާތުން މުވައްޒަފަކު ވަޒީފާއިން ކަނޑާލައިފިނަމަ ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
އަޅުގަނޑަށް ވަޒީފާދިން ފަރާތުން އަޅުގަނޑު ގެ ޕާރސްޕޯޓް ވަނީ އަތުލާފައެވެ. ކިހިނެއްތޯ އަޅުގަނޑު ހަދަންވީ؟
.ވަޒީފާދޭ ފަރާތަކުން މުވައްޒަފެއްގެ ޕާރސްޕޯޓް އަތުލާފައި ހިފަހައްޓާފައެއް ނުބޭއްވޭނެއެވެ. ވަގުތުން ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
ވަޒީފާ ދިން ފަރާތުގެ އަތުގައި އަޅުގަނޑުގެ ޕާރސްޕޯޓް އޮތުމުން މަސައްކަތުގެ ވިސާ އާވެފައިވާކަން ނުވަތަ ނޫންކަން ނޭނގެއެވެ. ކިހިނެއްތޯ އަޅުގަނޑު ހަދަންވީ؟
މުވައްޒަފަކު މަސައްކަތުގެ ވިސާއާއި ގުޅޭ މަޢުލޫމާތު އެހުމުން ވަޒީފާދިން ފަރާތުން އެކަމުގެ މަޢުލޫމާތު ތަފްސީލާއިއެކު މުވައްޒަފަށް ފޯރުކޮށްދޭނެ ޖެހޭނެއެވެ. ވަޒީފާދޭ ފަރާތަކުން މުވައްޒަފެއްގެ ޕާރސްޕޯޓް އަތުލާފައި ހިފަހައްޓާފައެއް ނުބޭއްވޭނެއެވެ. ވަގުތުން ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ
.ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
ވަޒީފާދިން ފަރާތުން އެ ކުންފުނީގައި އަޅުގަނޑަށް ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނެ އެހެން ކުންފުންޔެއްގައި މަސައްކަތްކުރަން އަންގާފިއެވެ. ކިހިނެތްތޯ އަޅުގަނޑު ހަދަންވީ؟
ވަޒީފާ ދިން ފަރާތުން މުވައްޒަފެއްގެ ހުއްދަ އަކާނުލައި ވަޒީފާދިން ކަމުގެ އެއްބަސްވުން އެހެން ކުންފުއްޔަކަށް ބަދަލެއް ނުކުރެވޭނެއެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
(ވަޒީފާދިން ފަރާތުން ވަގުތީގޮތުން މަސައްކަތްކުރުން ހުއްޓާލައިފިނަމަ ހަދާނީ ކިހިނެއްތޯ؟ (މިސާލު: ގެސްޓްހައުސް
ވަޒީފާގައި ދެމިހުރިހާ ހިނދެއްގައި މުވައްޒަފަށް އޭނާގެ މަހު މުސާރަ އަދި ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބޭ އެހެނިހެން ފައިދާތައް ލިބެން ޖެހޭނެއެވެ. ވަޒީފާ ދިން ފަރާތުން އެގޮތަށް މުސާރަ ނުދީފިނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
ނޯ-ޕޭ ލީވް އަކަށް ފޮނުވާލެވިދާނެތޯ؟
މަޖުބޫރުން ނޯ-ޕޭ ލީވް އަކަށް ފޮނުވައެއް ނުލެވޭނެއެވެ. އެހެން ފޮނުވާލައިފިނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
ވަޒީފާ ދިން ފަރާތުން އަޅުގަނޑު ކައިރީ އެދެނީ ނޯ-ޕޭ ލީވް ގެ ސިޓީއެއްގައި ސޮއިކުރާށެވެ. އަޅުގަނޑު އޭގައި ސޮއިކުރަން ޖެހޭނެތޯ؟
އެފަދަ ސިޓީއެއް އަދި އެއާއި ގުޅުންހުރި އެހެނިހެން ލިޔެކިޔުމެއްގައި ސޮއިކުރާކަށް ނުޖެހޭނެއެވެ. ވަޒީފާ ދިން ފަރާރުން އެފަދަ ލިޔެކިޔުމެއްގައި ސޮއިކުރަން އެދޭނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މިއަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
މުސާރަ
ވަޒީފާދިން ފަރާތުން އަޅުގަނޑު މުސާރައިން ކެނޑިދާނެތޯ؟
އާން. ވަޒީފާދިން ފަރާތުން މުސާރައިން ކެނޑިދާނެއެވެ. ނަމަވެސް މުސާރައިން ކަނޑަންވާނީ އޮފިޝަލް މަސައްކަތުގެ ގަޑީގައި މަސައްކަތަށް ހާޞިރުނުވުމުން އެ ހާޞިރު ނުވި ފަރާތްތަކުގެއެވެ. އެނޫން އެހެން ގޮތަކަށް މުސާރައިން ކަނޑާފިނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މިއަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ.
އަޅުގަނޑަށް ބައެއް މުސާރަ، އެލަވެންސްތައް އަދި ސަރވިސް ޗާޖު ނުލިބެއެވެ. ކިހިނެތްތޯ އަޅުގަނޑަށް ހެދޭނީ؟
ވަގުތީ މުވައްޒަފުންނަށް ލިބެންވާ މުސާރަ ފިޔަވައި، އެހެން ހުރިހާ މުވައްޒަފުންނަށްވެސް، މަދުވެގެން މަހަކު އެއްފަހަރު މުސާރަ ދޭންވާނެއެވެ. ވަގުތީ މުވައްޒަފަކަށް ލިބެންވާ ޢާންމު އުސޫލެއްގެގޮތުން ދޭންވާނީ ދުވަހު މުސާރައެވެ. އަދި ވަޒީފާއަދާ ކުރާފަރާތަކީ މުސްލިމެއްކަމުގައި ވާނަމަ، ވަޒީފާ ދިން ފަރާތުން ކޮންމެ ފަރާތަކަށް ރަމަޟާން މަހުގެ އިނާޔަތެއްގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން -/3000 (އިން ހާސް) ރުފިޔާ އެ މުވައްޒަފަކަށް ދޭންވާނެއެވެ. މުސާރަ، އެލެވެންސްތައް ނުވަރަ ސަރވިސް ޗާޖު ނުލިބޭނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މިއަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
މުސާރައާއި ގުޅިގެން މަނާ ކަންތައްތަކެއް ވާނެތޯ؟
އާން. ވަޒީފާދޭ އެއްވެސް ފަރާތަކުން މުސާރައާއި ގުޅިގެން އަންނަނިވި ކަންކަން ކުރުން މަނާވާނެއެވެ
ހ) އެއްވެސް މުވައްޒަފަކަށް ދީފައިވާ މުސާރައެއް ނުވަތަ އެ މުވައްޒަފަކަށް ދޭންޖެހޭ މުސާރައެއް، ވަޒީފާދޭ ފަރާތަށް ދިނުމަށް، ނުވަތަ އަނބުރާ ދެއްކުމަށް އެންގުން އަދި
ށ) އެއްވެސް މުވައްޒަފަކަށް ލިބިފައިވާ މުސާރައަކުން ނުވަތަ ލިބެންވާ މުސާރައަކުން ނުވަތަ އެފަދަ މުސާރައެއްގެ ބަޔަކުންނަމަވެސް، އެ މުވައްޒަފަކަށް ލިބެންވާ ފައިދާއަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް ހުރަސްއެޅޭ ޒާތުގެ އެއްވެސް ކަމެއްކުރުން އަދި
ނ) އެއްވެސް މުވައްޒަފަކަށް ލިބުނު މުސާރައިގެ އިތުރަށް އެއްވެސް އަދަދެއްގެ ފައިސާއެއް އޭނާއަށް ލިބުނުކަމަށް، ރަސީދެއް ދިނުމަކަށް ނުވަތަ އެގޮތަށް ހާމަކުރުމަށް އެދުން. އަދި އެކަން ކުރަން ހުއްދަކުރުން
ރ) އެއްވެސް މުވައްޒަފަކަށް ލިބޭ މުސާރައާމެދު ޢަމަލުކުރުމަށް އެމުވައްޒަފަކު އޮތް މިނިވަންކަމަށް ހުރަސްއެޅޭފަދަ ކަމެއް ކުރުން
މަޒީފާދިން ފަރާތުން މަތީގައި ބަޔާންކުރެވުނު އެއްވެސް މަނާކޮރެވިފައިވާ އަމަލެއް ކޮށްފިނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
އެއްބަސްވެގެން ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ދުވަހެއް ނޫން ދުވަހެއްގައި އަދި ރަސްމީ ބަންދު ދުވަހެއްގައި އަޅުގަނޑު މަސައްކަތްކޮށްފިނަމަ، އަޅުގަނޑަށް އިތުރަށް ލާރި ލިބެންޖެހޭނެތޯ؟
އާން. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ދުވަހެއް ނޫން ދުވަހެއްގައި ނުވަތަ ރަސްމީ ބަންދު ދުވަހެއްގައި މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވާނަމަ، އޭނާއަށް މަދުވެގެން ކަނޑައެޅިފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއްގެ ފައިސާ އޯވަރޓައިމްގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން އެ މުވައްޒަފުގެ މުސާރައިގައި ހިމަނައިގެން ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކަށް ދޭންޖެހޭނެއެވެ. މަތީގައި ބަޔާންކުރެވުނު ފައިސާ ނުލިބިއްޖެނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މިއަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
ވަޒީފާއިން ވަކިކުރުން
އެކަށީގެންވާ ސަބަބެއްނެތި އަޅުގަނޑު ވަޒީފާއިން ވަކިކުރެވިދާނެތޯ؟
ނޫން. މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިއެއް ނުކުރެވޭނެއެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ނުބައިގޮތަކަށް ވަޒީފާއިން ވަކިކުރިކަމުގެ ދަޢުވާއެއް ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
ވަކިކުރުމުގެ ކުރިން ނޯޓިސް ދިނުމުގެ މުއްދަތަކީ ކޮބައިތޯ؟
ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭ ފަރާތަށް ބާޠިލްކުރެވޭނީ އެންމެ މަދުވެގެން ނޯޓިސް ދޭންޖެހޭނެކަމަށް ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުގައެވެ
ހ) ހަ މަސްދުވަހަށްވުރެ ކުރުނޫން އަދި އެއްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާގައި ބަހައްޓާފައިވާ މުވައްޒަފަކަށް ދެހަފުތާގެ ނޯޓިސް ދިނުމަށްފަހު
ށ) އެއް އަހަރާސްވުރެން ކުރުނޫން އަދި ފަސް އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާގައި ބަހައްޓާފައިވާ މުވައްޒަފަކަށް އެއްމަސް ދުވަހުގެ ނޯޓިސް ދިނުމަށްފަހު
ނ) ފަސްއަހަރަށްވުރެ ގިނަ ދުވަހު ވަޒީފާގައި ބަހައްޓާފައިވާ މުވައްޒަފަކަށް ދެމަސް ދުވަހުގެ ނޯޓިސް ދިނުމަށްފަހު
ވަޒީފާއިން ވަކިކުރުމުގެ ކުރިން މަތީގައި ބަޔާންކުރެވުނު ނޯޓިސް ދީފައި ނުވާނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ.
ނޯޓިސް ދިނުމަކާއި ނުލައި އަޅުގަނޑު ވަޒީފާއިން ވަކިކުރެވިދާނެތޯ؟
އާން. ނަމަވެސް ނޯޓިސް ދިނުމަކާނުލައި ވަޒީފާ އަދާކުރާ ފަރާތެއް ވަޒީފާއިން ވަކިކުރެވޭނީ ނޯޓިސް ދޭންޖެހޭ މުއްދަތުގައި އޭނާ އަށް ދޭންޖެހިފައިވާ މުސާރަ އަދި އެހެނިހެން ފައިދާތައް ދިނުމަށް ފަހުގައެވެ. ނޯޓިސް ދިނުމަކާ ނުލައި ޕްރޮބޭޝަން ގެ މުއްދަތުގައިވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ. ޕްރޮބޭޝަން ގެ މުއްދަތަކީ ވަޒީފާ ދިން ދުވަހުން ފެށިގެން 3 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތެކެވެ. މި މުއްދަތުގައި ނޯޓިސް އަކާ ނުލައި ވަޒީފާގެ އެއްބަސްވުން ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ބާޠިލް ކުރެވިދާނެއެވެ. ނޯޓިސް ދޭންޖެހޭ މުއްދަތުގައި މުވައްޒަފަށް ދޭންޖެހިފައިވާ މުސާރަ އަދި އެހެނިހެން ފައިދާތައް ލިބިފައި ނުވާކަމުގައި ވާނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
ވަޒީފާދޭ ފަރާތް ބަނގުރޫޓުވުމުން އަޅުގަނޑު ވަޒީފާއިން ވަކިކުރެވިދާނެތޯ؟
ވަޒީފާދޭ ފަރާތް ބަނގުރޫޓު ވެއްޖެނަމަ ނުވަތަ ވަޒީފާދޭ ފަރާތުގެ ވިޔަފާރި ނުވަތަ މަސައްކަތް ހުއްޓާލައިފިނަމަ، އެދުވަހުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިނުވާނަމަ، އެ އެއްމަސްދުވަސް ހަމަވުމުން އެ ވަޒީފާގެ އެއްބަސްވުން ބާޠިލުވާނެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލް ގައި މުވައްޒަފަށް ލިބެންވާ މުސާރައެއް ނުވަތަ އެހެނިހެން ފައިސާއަކަށް އެދި ދަޢުވާ ކޮށްފިނަމަ، ވަޒީފާދިން ފަރާތް އެހެން ފަރާތަކަށް ދައްކަންޖެހިފައިވާ ދަރަންޔެއް ނުވަތަ އެހެން ހުރިހާ ފަރާތަކަށް ލިބެންވާ ފައިސާ ހޯދައިދިނުމަށްވުރެން ބޮޑަށް އިސްކަންދޭންވާނީ ކުރީގެ މުވައްޒަފެއްގެ ހައިސިއްޔަތުން އެ މުވައްޒަފަކަށެވެ. އެހެންކަމުން، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
ވަޒީފާއިން ވަކިކުރުމުން އަޅުގަނޑަށް މުސާރަ ދޭންޖެހޭނެތޯ؟
އާން. ވަޒީފާއިން ވަކިކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ވަޒީފާދިން ފަރާތުން މުވައްޒަފަކަށް ދޭންޖެހޭ ފައިސާއެއް ވާނަމަ އެ ފައިސާއެއް އަދާކުރަން ޖެހޭނެއެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
ތަފާތުކުރުން އަދި މަޖުބޫރުން ވަޒީފާއަދާކުރުވުން
ވަޒީފާއަދާ ކުރާ މާހައުލުގައި އަޅުގަނޑާއިމެދު ތަފާތުކުރުންތަކެއް ބެހެއްޓިދާނެތޯ؟
މީހުންގެ ނަސްލައް، ކުލަޔަށް، އިޖްތިމާޢީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ޚިޔާލުތަކަށް، ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، އާއިލާގައި އަދާކުރާ ޒިންމާތަކަށް، އުމުރަށް، ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި މަސައްކަތްކުރާ ހަމަހަމަ މީހުންގެ ތެރޭގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ މަނާކަމެކެވެ. މަތީގައި ބަޔާންކުރެވުނު ކަންކަމުގެ އަލީގައި މުވައްޒަފަކާއި މެދު ތަފާތުކުރުމެއް ވާނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
އަޅުގަނޑަށް ވަޒީފާ އަދާކުރަން ޖައްސާފައިވަނީ މަޖުބޫރުންނެވެ. ކިހިނެތްތޯ އަޅުގަނޑު ހަދަންވީ؟
އަދަބުދޭނެ ކަމުގެ އިންޒާރުދީގެން، ނުފޫޒުގެ ބާރު ބޭނުންކޮށްގެން ނުވަތަ ބިރުދައްކައިގެން މީހެއްގެ ފަރާތުން ޚިދްމަތެއް ހޯދުމަކީ މަނާކަމެކެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
މަސައްކަތްކުރާ ގަޑި
ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑިތަކަކީ ކޮބައިތޯ؟
ހަފްތާއެއްގެ ތެރޭގައި އެންމެގިނަވެގެން 48 ގަޑިއިރަށްވުރެ އިތުރަށް އެއްވެސް މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވައިގެން ނުވާނެއެވެ. އަދި މުވައްޒަފަކު އަރާމުކުރުމަށް އާދައިގެމަތިން ހަމަޖެހިފައިވާ ދުވަހެއްގައި އަރާމުކުރުމަށް ވިދިވިދިގެން 24 ގަޑިއިރުގެ މުއްދަތެއްނުދީ އެއްވެސް މުވައްޒަފަކު ލައްވާ ވިދިވިދިގެން 6 ދުވަހަށްވުރެ ދިގުމުއްދަތަކަށް މަސައްކަތް ކުރުވައިގެން ނުވާނެއެވެ. އިތިރުގަޑީގެ ފައިސާ ނުދީ މަސައްކަތުގެ ގަޑިން ބޭރުގައި މަސައްކަތް ކުރުވައިފިނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
އާންމުކޮށް މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ގަޑިތައްނޫން ގަޑިތަކުގައި މަސައްކަތްކުރަންޖެހޭނެ މުވައްޒަފުން ތިބޭތޯ؟
އާން. ތިރީގައި ބަޔާންކުރާ މުވައްޒަފުން އާންމުކޮށް މަސައްކަތްކުރަން އެއްބަސްވެފައިވާ ގަޑިތަކުގެ އިތުރު ގަޑިތަކުގައި މަސައްކަތްކުރަން އެންގިދާނެއެވެ
ހ) ކުއްލި ޙާލަތްތަކުގއި މަސައްކަތް ކުރާ މީހުން
ށ) ކަނޑު ދަތުރުކުރާ އުޅަނދު ނުވަތަ މަތިންދާ ބޯޓުގައި މަސައްކަތް ކުރާ މީހުން
ނ) މިސްކިތު މުދިމުންނާއި މިސްކިތު މަސައްކަތުމީހުން
ރ) އޮންކޯލް ޑިއުޓީގައި ތިބޭ ވަގުތުތަކުގައި، އޮންކޯލް ޑިއުޓީގައި ތިބޭ މީހުން
ބ) ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުން
ނަމަވެސް، ވަޒީފާދިން ފަރާތުން އެ މުވައްޒަފުންނަށް އިތިރުގަޑީގެ ފައިސާ ދޭންޖެހޭނެއެވެ. މަތީގައި ބަޔާންކުރާ ދާއިރާއަކަށް ފެތި، އިތުރު ގަޑީގެ ފައިސާ ލިބިފައި ނުވާނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
ސާބިތު ސަބަބަކާ ނުލައި އަހަރީ ޗުއްޓީ އަޅުގަނޑަށް ދިނުމަށް ދެކޮޅުވެރިވެވިދާނެތޯ؟
ވަޒީފާ އަދާކުރާތާ އެއް އަހަރު ހަމަވުމުން ކޮންމެ އަހަރަކު މުސާރަލިބޭގޮތަށް ކޮންމެ މުވައްޒަފަކަށްވެސް މަދުވެގެން 30 ދުވަހުގެ ޗުއްޓީއެއް އަހަރީ ޗުއްޓީގެ ގޮތުގައި ލިބެންޖެހޭނެއެވެ. އެގޮތަށް ޗުއްޓީ ނުދީފިނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
ވަޒީފާއާއިބެހޭ އެއްބަސްވުން އަދި ވަޒީފާދޭ ފަރާތުގެ ޒިންމާތައް
ވަޒީފާދިން ފަރާތާއިއެކު ވެވުނު އެއްބަސްވުމެއް އަޅުގަނޑު އަތުގައި އޮންނަން ޖެހޭތޯ؟
ވަޒީފާދޭ ފަތާތާއި، ކޮންމެ މުވައްޒަފަކާ ދެމެދު ލިޔުމަކުން ނުވަތަ ލިޔުންތަކަކުން އެކުލެވިގެންވާ ވަޒީފާގެ އެއްވބަސްވުމެއް އޮންނަން ޖެހޭނެއެވެ. އަދި މުވައްޒަފުންގެ އަތުގައި އޭގެ ކޮޕީއެއް އޮންނަން ވާނެއެވެ. އެފަދަ އެއްބަސްވުމެއް ނެތްނަމަ، ވަޒީފާދިން ފަރާތުގެ ކިބައިން އެދިގެން ސޮއިކުރުމަށް ވަޒީފާއާއި ބެހޭ އެއްބަސްވުމެއް ހޯދާށެވެ. ވަޒީފާދިން ފަރާތުން ވަޒީފާއާއި ބެހޭ އެއްބަސްވުމެއް ދޭން އިންކާރުކުރާނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
އަޅުގަނޑަށް ވަޒީފާގެ ބަޔާނެއް ލިބެންޖެހޭނެތޯ؟
ހަފުތާއެއްގެ ތެރޭގައި އާދައިގެ މަތިން މަސައްކަތް ކުރަންޖެހޭ މިންވަރު ޖުމުލަ 16 ގަޑިއިރަށްވުރެ އިތުރުވާނަމަ، ނުވަތަ މަސައްކަތް ކުރަންޖެހޭ މުއްދަތު 6 ހަފްތާއަށް ވުރެ އިތުރުވާނަމަ އެ މުވައްޒަފަކު މަސައްކަތްކުރަން ފަށާތަ 1 މަސްދުވަހުގެ ތެރޭގައި ވަޒީފާދިން ފަރާތުން މުވައްޒަފަށް ވަޒީފާގެ ބަޔާނެއް ފޯރުކޮށްދޭން ޖެހޭނެއެވެ. ވަޒީފާދިން ފަރާތުން ވަޒީފާގެ ބަޔާނެއް ފޯރުކޮށް ނުދީފިނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ
ވަޒީފާދިން ފަރާތުން މަސައްކަތްކުރާ ތަނުގެ ރައްކާތެރިކަމާއިމެދު ޒިންމާއެއް އުފުލަންޖެހޭނެތޯ؟
އާން. މުވައްޒަފުގެ އަތުން އެއްވެސް އުޖޫރައެއް އެކަމަށް ނުނަގައި، ވަޒީފާ އަދާކުރާ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޞިއްޙަތަށާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވަޒީފާދޭ ފަރާތުން އަޅަންޖެހޭނެއެވެ. ވަޒީފާދިން ފަރާތުން އެފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށަހަޅާށެވެ. ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ދަޢުވާއެއް ހުށަހަޅާށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އަޅުގަނޑުމެނާއި ގުޅުއްވާށެވެ